ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2026/30
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 15 ފެބުރުވަރީ 2026 14:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ކައުންސިލުން ރުއްގަސްނަގައި ސާފުކޮށްފައިވާ މަގުތަކުގެ ވަލާވީ ފަޅިން، ރަށު ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކަށް ފަތްކެޔޮ އިންދުމަށް ހަމަހަމަ ކަންމަތީ 3000 އަކަފޫޓްގެ ވަގުތީ ޖާގައެއް ހިލޭދިނުމަށް

އިޢުލާނު

 

                 ކައުންސިލުން ހުއްދަ ދޭ ސަރަހައްދެއްގައި ފަތްކެޔޮ އިންދައިގެން ރައްޔިތުންނަށް ރަނގަޅު އާމްދަނީ އެއްލިބޭނޭ ގޮތައް މަގުފަހިކުރުމާއި ، ހުއްދަނެތި މަގުތަކާއި އެކި ސަރަހައްދުގައި ކެޔޮ އިންދުމުގެ ސަބަބުން ، ޢާންމު މަސްލަތު ހިފެހެއްޓުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމާއި، މަގުތައް  ބެލެހެއްޓުމަށް ލިބޭ ދަތިކަމަށް ހައްލު ހޯދުމާއި، އަލަށްހެދޭ މަގުތަކާއި އެކު މުޅިރަށް ސާފުކޮށް ރީތިކޮށް ބޭއްވުމުގެ މަޤުޞަދުގައި ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ކައުންސިލުން ރުއްގަސްނަގައި ސާފުކޮށްފައިވާ މަގުތަކުގެ ވަލާވީ ފަޅިން، ރަށު ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކަށް ފަތްކެޔޮ އިންދުމަށް ހަމަހަމަ ކަންމަތީ 3000 އަކަފޫޓްގެ ވަގުތީ ޖާގައެއް ހިލޭދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

                 ވީމާ، ފަތްކެޔޮ ހެއްދުމަށް ޖާގަބޭނުންވާ ރަށު މީހުންދިރިއުޅޭ ގޭތަކުން 15 ފެބްރުއަރީ 2026 ދުވަހުގެ 13:00ގެ ކުރިން މިކައުންސިލުން ދޫކުރާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުއްވުން އެދެމެވެ. މި ކަމަށް އެދޭ ފޯރމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފަތްކެޔޮ އިންދުމަށް ސަރައްދުތަކެއް ކަނޑައަޅައި ދޫކުރުމުގެ އުޞޫލާއި  އެ ސަރަހައްދުތަކުގެ ޗާޓް މި އިޢުލާން އާއި އެކު އާއްމުކޮށްފައި ވާނެއެވެ.

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެއެވެ.

                        22 ޝައުބާން 1447  

                        10 ފެބްރުއަރީ 2026

10 ފެބުރުވަރީ 2026