މަސައްކަތް
ނަންބަރު: (IUL)333/333/2015/81
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 10 ޑިސެންބަރު 2015 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން، މިރަށުގައި އަޅާ ފުޓްސެލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ގެންގުޅޭ މިންގަނޑަށް މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކަރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015