ޢާންމު މަޢުލޫމާތު
ނަންބަރު: 134-PRO/I/2026/23
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 18:05
ސުންގަޑި: 15 ފެބުރުވަރީ 2026 11:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގައި ހުރި މެޓަލް ޖަންކް، ޓީ.އެފް.އެސް ސްކްރެޕް މެޓަލް އަދި ކަޅު ތެޔޮ ނީލަމުގައި ވިއްކާލުން

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި ތިރީގައި ބަޔާންކުރެވިފައިވާ ތަކަތި ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ.

  • 50 މެޓްރިކްޓަނުގެ މެޓަލް ޖަންކް
  • 60 މެޓްރިކް ޓަނުގެ ޓީ.އެފް.އެސް ސްކްރެޕް މެޓަލް
  • 90 ފީފާ ކަޅު ތެޔޮ (ބޭނުންކޮށްފައިހުރި)  

90 ފީފާގެ ކަޅު ތެޔޮ ނީލަން ކިޔަން ހަމަޖެހިފައިވަނީ 50 މެޓްރިކްޓަނުގެ މެޓަލް ޖަންކް އަދި 60 މެޓްރިކް ޓަނުގެ ޓީ.އެފް.އެސް ސްކްރެޕް މެޓަލްއަށް އެންމެ މަތިން އަގު ހުށައަޅުއްވާ ދެ ފަރާތުގެ މެދުގައި އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށެވެ.

މި އަދަދަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން 7679060 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކް ޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ.

ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނީލަމުގައި ބައިވެރިލައްވާފަރާތްތަކުން ނީލަން ކިޔާތަކެތި، ފެލިވަރުން ބޯޓަށް އެރުވުމުގެ އިންތިޒާމްހަމަޖައްސަންވާނެއެވެ.

ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް:

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

[email protected] އީމެއިލް މެދުވެރިކޮށް

15 ފެބްރުއަރީ 2026

ހެނދުނު 11:00ގައި

ނީލަމުގައި ބައިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން

ޑިޕޮސިޓްގެ ގޮތިގައި 25،000/-ރ (ފަންސަވީސް ހާސް ރުފިޔާ) މިފްކޯގެ ބެންކް އެކައުންޓް ނަންބަރ 

7701-101179-005 އަށް ޖަމާކުރުން

15 ފެބްރުއަރީ 2026

މެންދުރު 13:00 އާއި 16:00 ދެމެދު

(16:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ).

ނީލަންކިޔުން

މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމް

16 ފެބްރުއަރީ 2026

ހެނދުނު 11:00ގައި

 

 

ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ.

  • އޮންލައިން މެދުވެރިކޮށް ޑިޕޮސިޓް ދައްކަވާ ފަރާތްތަކުން ނީލަމުގައި ރަޖިސްޓްރީކުރައްވާއިރު ޑިޕޮސިޓް ފައިސާ އަނބުރާ ދައްކާނެ އެކައުންޓް ނަންބަރާއި ނަން ފޮނުވައިދެއްވުންއެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި  ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލްކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. 

09 ފެބުރުވަރީ 2026