ދިވެހިރާއްޖެ
ގއ. ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގައިހުރި 100-75 ޓަނުގެ ސްކްރެޕް މެޓަލް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ކޫއްޑޫއިން 9150006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، ޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ނީލަމުގައި ބައިވެރިލައްވާފަރާތްތަކުން ނީލަން ކިޔާތަކެތި، ކޫއްޑޫއިން ބޯޓަށް އެރުވުމުގެ އިންތިޒާމްހަމަޖައްސަންވާނެއެވެ. ވިއްކާލެވޭ ތަކެތީގެ ފޮޓޯ މިއިޢުލާނާއެކެ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް:
|
ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން |
[email protected] އީމެއިލް މެދުވެރިކޮށް |
16 ފެބްރުއަރީ 2026 |
ހެނދުނު 11:00ގައި |
|
ނީލަމުގައި ބައިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން |
ޑިޕޮސިޓްގެ ގޮތިގައި 15،000/-ރ (ފަނަރަ ހާސް ރުފިޔާ) މިފްކޯގެ ބެންކް އެކައުންޓް ނަންބަރ 7701-101179-005 އަށް ޖަމާކުރުން |
16 ފެބްރުއަރީ 2026 |
މެންދުރު 13:00 އާއި 16:00 ދެމެދު (16:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ). |
|
ނީލަންކިޔުން |
މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމް |
17 ފެބްރުއަރީ 2026 |
ހެނދުނު 11:00ގައި |
ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ.
- އޮންލައިން މެދުވެރިކޮށް ޑިޕޮސިޓް ދައްކަވާ ފަރާތްތަކުން ނީލަމުގައި ރަޖިސްޓްރީކުރައްވާއިރު ޑިޕޮސިޓް ފައިސާ އަނބުރާ ދައްކާނެ އެކައުންޓް ނަންބަރާއި ނަން ފޮނުވައިދެއްވުންއެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމެނޭނެއެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލްކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.