ކުއްޔަށް ހިފުން
ނަންބަރު: FNK-I/IUL/2026/018
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 22 ފެބުރުވަރީ 2026 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ. މަރަދޫފޭދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2026/018

އިޢުލާން

ސ. މަރަދޫފޭދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:

މިކުންފުނީގެ ސ. މަރަދޫފޭދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް 01 އަހަރުދުވަހުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ސ. މަރަދޫފޭދޫ ބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ސ. މަރަދޫފޭދޫ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 
09 ފެބުރުވަރީ 2026