ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2026/9
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:38
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން 1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތެއްގެ ގޮތުގައި ކުނި ފީ މާފުކުރުމާ ގުޅޭ:
1447 ވަނަ އަހަރުގެ ރަމަޟާންމަހު ދ.ކުޑަހުވަދޫ ރައްޔިތުންނަށް ޢިނާޔަތެއްގެ ގޮތުގައި އާންމު ގޭބިސީތަކުން މި އަހަރުގެ ފެބްރުވަރީ މަހުގެ ކުނިފީ މާފުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ 04 ފެބްރުވަރީ 2026 ވަނަ ދުވަހުގައި ބޭވުން ދ.ކުޑަހުވަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 204 ވަނަ ރަސްމީ އާންމު ޖަލްސާ އިންނެވެ. އަދި ފެބްރުވަރީ މަހުގެ ކުނީ ފީ ޖަމާކުރެވިފައި ވީނަމަވެސް ރީފަންޑް ދިނުމުގެ ބަދަލުގައި އެ ފައިސާ ބަލައިގަނެވޭނީ ޖެހިގެން އަންނަ މަހުގެ ކުނިފީގެ ގޮތުގައެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
09 ފެބުރުވަރީ 2026