މަސައްކަތް
ނަންބަރު: (IUL)247-CA/247/2026/16
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 19 ފެބުރުވަރީ 2026 10:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދުތައް، 2026 ވަނަ އަހަރު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ އިޢުލާން)

        ހއ. ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދުތައް، 2026 ވަނަ އަހަރު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު (IUL)247-CA/247/2026/2 ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ޝަރުޠު ފުރިހަމަ ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

       ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް އަދި ސާފުކުރަންޖެހޭ ސަރަޙައްދުތަކުގެ ކުރެހުންތައް، މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗްކުރެވިފައި ވާނެއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

14 ފެބުރުވަރީ 2026

ހޮނިހިރު

11:00 (ހެނދުނު)

ބީލަން ހުށަހެޅުން

19 ފެބުރުވަރީ 2026

ބުރާސްފަތި

10:00 (ހެނދުނު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

https://forms.gle/B5okforUhnekg5ZD9

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                          21 ޝަޢުބާން 1447  

09 ފެބުރުވަރީ 2026