މަސައްކަތް
ނަންބަރު: (IUL)263/263/2026/7
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 10 ފެބުރުވަރީ 2026 10:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިމާރާތުގައި އެލްމިނިއަމް ދޮރެއް ހަރުކުރުމުގެ މަސައްކަތް

ކައުންސިލް އިމާރާތުގައި އެލްމިނިއަމް ދޮރެއް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ފެބްރުވަރީ 10 ވަނަ ދުވަހުގެ 10:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

09 ފެބުރުވަރީ 2026