ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ރަށުގެ މިސްކިތްތަކަށް ބޭނުންވާ ފެން ހަދިޔާކުރުން
މިއަހަރުގެ ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ބޭނުންކުރުމަށާއި ތަރާވީޙް ނަމާދަށް ބޭނުންކުރުމަށް ބޯފެން ހަދިޔާކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.
ވީމާ، ކުރީ އަހަރުތަކެކޭ އެއްފަދައިން މިސްކިތްތަކުގައި ބޭނުންކުރުމަށް ބޯފެނާއި، މިސްކިތްތަކުގައި ރޯދަވީއްލުމަށް ތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް 2026 ފެބްރުއަރީ 15 ގެ 14:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ތަކެތި ހަދިޔާކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ނަންބަރ 6723726 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޝަޢްބާން 1447
09 ފެބްރުއަރީ 2026