ދިވެހިރާއްޖެ
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ
އިލެކްޝަންސް ކޮމިޝަންގެ ނަންބަރު: (IUL)38-AC/38/2026/59 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން ތިރީގައި އެ ވަނީއެވެ.
ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު: 12 ފެބުރުވަރީ 2026، ބުރާސްފަތި
ގަޑި: 10:00
ތަން: އިންނަމާދޫ ކައުންސިލް ޤުރުއާން ކުލާސް
ވީމާ، ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ތިރީގައިމިވާ ފަރާތްތަކާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އާމިނަތު ޝާލިޔާ (ފޯކަލްޕޮއިންޓް) – ފޯން: 7816195
- އާމިނަތު ނުހާ (ފޯކަލްޕޮއިންޓްގެ އެހީތެރިޔާ) – ފޯން: 7774970
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.