ދިވެހިރާއްޖެ
ރަސްދޫ ފެރީ ޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)340/340/2025/21 އިޢުލާނާގުޅިގެން ހުށަހެޅި ފަރާތާއެކު މި ކައުންސިލުން ހަދާފައިވާ ނަންބަރު: (AGR)340/340/2025/1 އެއްބަސްވުމާއި އެއްގޮތަށް ޓަކްޝޮޕް ހިންގުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ އެ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކޮށް، އަލުން އެ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ޓަކްޝޮޕް ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޭފަރާތުން ޢަމަލުކުރަންޖެހޭނީ "ފެރީ ޓާމިނަލުގައި ހުރި ޓަކްޝޮޕް ކުއްޔަށް ދޫކުރުމާއި ބެހޭ އުޞޫލް" (އުޞޫލް ނަންބަރު: USL/340/2022/02) އާއި އެއްގޮތަށެވެ. މި އުޞޫލް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
ވީމާ، މި ރަށު ފެރީޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހޯދުމަށް އެއްވެސް ސުވާލެއްކުރައްވަން އެދިލައްވާނަމަ 2026 ފެބްވުރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] އަށް މަޢުލޫމާތު ބޭނުންވާ ކަންކަމުގެ ސުވާލުތައް ފޮނުއްވުމުން 2026 ފެބްރުވަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބުތައް ފޮނުވޭނެއެވެ.
ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ އިސްވެދެންނެވިފައިވާ އުޞޫލްގެ 8 ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމް ފުރިހަމަކޮށް އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 2026 ފެބްރުވަރީ 22 ވަނަ ދުވަހުގެ 10:40 އަށް މި އިދާރާއަށެވެ.