ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/10
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 19 ފެބުރުވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމާ ބެހޭ

ނ. ކެނދިކުޅުދޫގައި ޤާއިމުކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް މުޅިން ނިމި، ޚިދުމަތް ދިނުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި ޚިދުމަތް ލިބިފައިވާ ފަރާތްތަކާއި ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވެއެވެ.

އެގޮތުން މިއިޢުލާނާ އެކުގައިވާ ލިސްޓުގައި ހިމަނާފައި އެވަނީ ނ. ކެނދިކުޅުދޫގެ ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމަށް އެދި 2021  ވަނަ އަހަރު ފޮނުވާފައިވާ ލިސްޓެވެ. އެހެންކަމުން، ލިސްޓުގައި ބަޔާން ކޮށްފައިވާ ގެއާއި ގޯތިތަކުގެ ތެރެއިން ކަނެކްޝަން އަޅާފައިނުވާ އަދި މިޚިދުމަތަށް އެދި ފޯމު ހުށަހަޅާފައިވާ، އެހެނަސް ލިސްޓުގައި ހިމެނިފައިނުވާ ގޯތިތަކާއި އަދި ލިސްޓުގައި ހިމެނިފައިނުވީ ނަމަވެސް، ކަނެކްޝަން އަޅާފައިވާ ގޯތިތަކުގެ މަޢުލޫމާތު މިކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށް އެދެމެވެ.

މި ޚިދުމަތަށް އަލަށް އެދިލައްވަން ބޭނުންވާ ފަރާތްތަކަށް، ޚިދުމަތަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ، ލިސްޓުގައިވާ ގެތަކުގެ ތެރެއިން ކަނެކްޝަން އަޅާފައިނުވާ ގޯއްޗެއްވާނަމަ ނުވަތަ ކަނެކްޝަން އެޅި ނަމަވެސް ލިސްޓުގައި ހިމެނިފައި ނުވާ ގޯއްޗެއްވާނަމަ، 19 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. މިއިޢުލާނާއެކު، ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހަޅާފައިވާ ގެއާއި ގޯތީގެ ލިސްޓެއް އެއްހީރާސް ކޮށްފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21     ޝަޢުބާން     1447

09     ފެބްރުވަރީ     2026  

09 ފެބުރުވަރީ 2026