ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2026/11
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި:
26 ފެބުރުވަރީ 2026 21:15
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ފެބުރުއަރީމަހު ކައުންސިލުން ބާއްވާ ބައްދަލުވުން
އިޢުލާން
ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ފެބުރުއަރީމަހު ކައުންސިލުން ބާއްވާ ބައްދަލުވުން
ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ފެބުރުއަރީމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 2026 ފެބުރުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:15 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. މި ބައްދަލު ވުމުގައި 2022 ން 2026 އަށް އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނަށް އަމަލީސިފަ އަންނަމުން ދާގޮތާއި 2025 ވަނަ އަހަރުގެ ކައުންސިލް އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ.
މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
09 ފެބުރުވަރީ 2026