ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-AD/318/2026/6
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:36
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރު ފިޠުރު ޒަކާތް ބަލައިގަތުން

ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުން ކަމުގައި ދަންނަވަމެވެ. 

ވީމާ، މިއަހަރުގެ ފިޠުރު ޒަކާތް މި ކައުންސިލުން ބަލައި ނުގަންނާނެ ވާހަކަ ދެންނެވީމެވެ.

 ފިޠުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ޕްލެޓް ފޯމް ތަކާއި ބަލައިގަންނަ ސުންގަޑި

#

އިދާރާ/ މުއައްސަސާގެ ނަން

ސުންގަޑިތައް

01

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447 ގެ ހެނދުނު 6.00

02

އުރީދޫ

28 ރަމަޟާން 1447 ގެ ހެނދުނު 6.00

03

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް އައި ބީ)

28 ރަމަޟާން 1447 ގެ ހެނދުނު 6.00    

04

ބޭންކް އޮފް މޯލްޑިވްސް (ބީ އެމް އެލް)

28 ރަމަޟާން 1447 ގެ ހެނދުނު 6.00    

05

ފަހިޕޭ

ރަމަޟާން މަހުގެ ފަހުދުވަހުގެ އިރުއޮއްސި 18.00

06

އަވަސް އެޕް

ރަމަޟާން މަހުގެ ފަހުދުވަހުގެ އިރުއޮއްސި 18.00

07

ބަނޑޭރިޕޭ

ރަމަޟާން މަހުގެ ފަހުދުވަހުގެ އިރުއޮއްސި 18.00

08 ފެބުރުވަރީ 2026