ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PM/420/2026/3
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 21:56
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ ފަރާތުން ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުން

    ޤާނޫނު ނަންބަރު 2010/7  (ދިވެހިރާއްޖޭގެ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 110 ވަނަ މާއްދާގައި ރަށު  ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން 2026 ފެބްރުއަރީ 14 ވާ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ރަތަފަންދޫ ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރު ހިންގުނު ހަރަކާތްތަކުގެ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ. އަދި 2026 ވަނަ އަހަރަށް ކައުންސިލުން ފާސްކޮށްފައިވާ އެކްޓިވިޓީ ޕްލޭން އަދި ބަޖެޓް ހުށަހެޅުން އޮންނާނެއެވެ. ބައްދަލުވުމަށްފަހު ރޭގަނޑުގެ ފަރީއްކޮޅެއް ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހަމަޖެހިފައިވެއެވެ.

    ވީމާ މި ބައްދަލުވުމަށް ރަތަފަންދޫގެ ރައްޔިތުންނަށް ދައުވަތު އަރުވައި މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

08 ފެބުރުވަރީ 2026