މަސައްކަތް
ނަންބަރު: GS101/IUL/2015/18
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 07 ޑިސެންބަރު 2015 10:00
ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް 1 ފާޚާނާ އިމާރާތްކުރުން

މި ސްކޫލުން އަންގާގޮތެއްގެ މަތިން މި ސްކޫލުގެ ގޯތިތެރޭގައި ޕްރީސްކޫލު 1 ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ޕްރީސްކޫލު 1 ފާޚާނާ އިމާރާތްކުރުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން އޮންނާނީ

7 ޑިސެންބަރު 2015  10:00

10 ޑިސެންބަރު 2015  10:00

 

 

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރިފަދަ ތަނަކުން (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ)، މަޢުލޫމަތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު / ކޮޕީ ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް / ކޮޕީ ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6540577 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މިބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީމާކްސް ލިބިލައްވާ ފަރާތެކެވެ.

  1. މަސައްކަތުގެ އަގު (80 އިންސައްތަ)
  2. މަސައްކަތް ނިންމާނެ މުއްދަތު (10 އިންސައްތަ)
  3. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަން (5 އިންސައްތަ)
  4. މިފަދަ މަސައްކަތުގެ ތަޖުރިބާ (5 އިންސައްތަ)
01 ޑިސެންބަރު 2015