ތަމްރީނު
ނަންބަރު: (IUL)142-A4/1/2015/128
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 26 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމުންނަށް ޢަރަބިބަސް ދަސްކޮށްދިނުން

އިމާމުންނަށް ޢަރަބިބަސް ދަސްކޮށްދިނުން:

ޖާގައިގެ އަދަދު: 15

މުއްދަތު: 01 މަސްދުވަސް

މާލޭގައި މިހާރު ތިއްބެވި އިމާމުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މި މިނިސްޓްރީން ޚަރަދުކޮށްގެން މާލޭގައި ތިއްބެވި އިމާމުންނަށް ޢަރަބިބަސް ދަސްކޮށްދޭ ކުރުމުއްދަތުގެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ކޯހަށް އެދޭ ފޯމު މި މިނިސްޓްރީގެ ހިއުމަން ރިސޯސސް ޔުނިޓުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

ސުންގަޑި: 26 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހިއުމަންރިސޯސް ޔުނިޓަށް ހުށަހެޅުއްވުން އެދެން.

ކޯހަށް ބައިވެރިން ނެގުމުގައި ތިރީގައިވާ ޝަރުޠުތަކަށް ބެލެވޭނެއެވެ.

ހ- ލިބިފައިވާ ތަޢުލީމީ ފެންވަރާއި ތަޖުރިބާ.

ށ- ބައިވެރިވާ ފަރާތުގެ ޢުމުރު

ނ- މީގެ އިތުރުން އެބައިވެރިއެއްގެ މަސައްކަތުގެ އަޚުލާޤާއި ސުލޫކީ މިންގަނޑާއި އަދި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ޢަމަލުކުރާ މިންވަރު

06 ޞަފަރު 1437

19 ނޮވެންބަރު 2015