ތަމްރީނު
ނަންބަރު: (IUL)142-A4/1/2015/150
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:24
ސުންގަޑި: 08 ޑިސެންބަރު 2015 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޑިޕްލޮމާ ފޮރ އިމާމްސް

ޑިޕްލޮމާ ފޮރ އިމާމްސް

ކޯހުގެ މުއްދަތު: 2 އަހަރު

ކިޔަވާ ތަން: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ތަޢާރަފް

އިމާމުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މި މިނިސްޓްރީން ޚަރަދުކޮށްގެން ޑިޕްލޮމާ ފޮރ އިމާމްސް ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޑިޕްލޮމާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދިވެހިރާއްޖޭގައި މިވަގުތު ޚިދުމަތުގައި ތިއްބެވި އިމާމުންނަށާއި މުދިމުންނަށެވެ.

ކޯހުގެ ޝަރުޠު

ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވަލްގެ 3 މާއްދާ) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 3 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން.

ސުންގަޑި

08 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހިއުމަން ރިސޯސް ޔުނިޓަށް ހުށަހެޅުއްވުން އެދެން. މިކޯހަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ކޯހަށް ބައިވެރިން ހޮވުމުގައި ތިރީގައިވާ ބައިތަކަށް އިސްކަންދެވޭނެއެވެ.

ހ- އަރަބިބަސް އެނގޭ މިންވަރު

ށ- ޤުރުއާން ނުވަތަ ދީނީ ތަޢުލީމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓް ހާސިލުކޮށްފައިވާ ފަރާތްތައް.

18 ޞަފަރު 1437

30 ނޮވެންބަރު 2015