ތަމްރީނު
ނަންބަރު: (IUL)-FIS/2015/11
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:21
ސުންގަޑި: 07 ޑިސެންބަރު 2015 14:00
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ޢަރަބި އެންޓްރަންސް އިމްތިޙާނު ބޭއްވުމާބެހޭ

ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒުން ހިންގާ މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ތަޢުލީމީ ސަނަދު ހާސިލުކޮށްފައިވަނީ ޢަރަބިބަސް ފިޔަވައި އެހެން ބަހަކުން ކަމުގައި ވަނީނަމަ، ފެކަލްޓީން ދެވޭ ޢަރަބިބަހުގެ އިމްތިޙާނަކުން ފާސްވާންޖެހެއެވެ. އެހެންކަމުން، މިކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށަހަޅުއްވާ އެފަދަ ފަރާތްތަކުން މިފެކަލްޓީން ދޭ ޢަރަބި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެހެންކަމުން، 2016 ވަނައަހަރުގެ ފުރަތަމަ ޓާމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނު 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

  • ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން އަދި ފެކަލްޓިގެ ވެބްސައިޓް fis.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) 07 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00ގެ ކުރިން އިދާރީމަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކަންވާނެއެވެ.
  • ފޯމު ފުރިހަމަކުރައްވައި ފީދެއްކެވުމަށްފަހު 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00ގެ ކުރިން ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ކޯސް ހިންގުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 21 ޖަނަވަރީ 2016ވާ ބުރާސްފަތި ދުވަހުން ފެށިގެން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެއެވެ.

01 ޑިސެންބަރު 2015