ބީލަން
ނަންބަރު: (IUL)340/340/2026/9
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 19 ފެބުރުވަރީ 2026 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި ހިޔާގަނޑެއް ޖަހައިދޭނެ ފަރާތެއް ހޯދުން.

މި ކައުންސިލްގެ ނަންބަރު: 340/340/2026/4 (IUL) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން މި އިޢުލާނާއެކު ހިއްސާކުރެވޭ މަޢުލޫމާތާއި އެއްގޮތަށް މި ރަށު ބަނދަރުގައި ހިޔާގަނޑެއް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2026 ފެބްރުވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލަށް ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.

މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑްޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2026 ފެބްރުވަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ސުވާލު ހުށަހަޅާ ފަރާތްތަކަށް 2026 ފެބްރުވަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2026 ފެބްރުވަރީ 22 ވަނަ ދުވަހުގެ 10:15 ގައި މި އިދާރާގައެވެ.

08 ފެބުރުވަރީ 2026