ކުއްޔަށް ހިފުން
ނަންބަރު: GS-88/2015/IUL/33
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 14 ޑިސެންބަރު 2015 13:30
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސުކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

2016ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާ ބެހޭ

މި ސްކޫލުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ތިރީގައިވާ މަޢުލޫމާތުތަކާއެކު 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތިރީގައިވާ މަޢުލޫމާތުތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް، އެފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

1. ގޭގެ ޗާޓު (މިންތަކާއެކު)

2. ގޭގައި ހުރި ކޮޓަރީގެ އަދަދާއި ފްލޯ އޭރިޔާގެ ބޮޑުމިން.

3. ގޭގެ ކުލި (މަހަކަށް ރުފިޔާގެ ރޭޓުން)

4. ގޭގެ ވެރިފަރާތުގެ ނަމާއި ގޭގެ ނަން.

5. ގޭގެ އިންވެންޓްރީ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2015