ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESM&PS/416/2026/12
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 08 ފެބުރުވަރީ 2026 20:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫންގެ 107 ވަނަ ނަމްބަރުގައިވާ ގޮތުގެމަތިން މިކައުންސިލުން އާންމުކޮށް ހުޅުވާލައިގެން ފެބްރުވަރީ މަހުގެ ތެރޭގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ "ރައްޔިތު ބައްދަލުވުން 1 - 2026" 16 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި މަޑަވެލި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި 2026 ވަނަ އަހަރަށް ސަރުކާރުން ދެއްވި ބަޖެޓް، އަދި މީގެ އިތުރުން 2026 ވަނަ އަހަރު ތަންފީޒްކުރުމަށް ކައުންސިލުން ނިންމާފައިވާ މަސައްކަތު ތާވަލުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން އޮންނާނެއެވެ. އަދި މިމަޢުލޫމާތުތައް މިހާރުވެސް ކައުންސިލްގެ ފޭސްބުކްޕޭޖާއި، ވައިބަރ ގްރޫޕުގައި ވާނީ ހިއްސާކުރެވިފައެވެ.

ވީމާ، މިބައްދަލުވުމަށް މަޑަވެލީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

އަދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ފެބުރުވަރީ 2026