ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-CAA/416/2026/13
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 17 ފެބުރުވަރީ 2026 20:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން.

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދުބެލުން މި ހިނގާ ޝަޢުބާން މަހުގެ 29 (17 ފެބުރުވަރީ 2025) ވާ އަންގާރަ  ދުވަހުގެ ހަވީރު 5:30 ން ފެށިގެން އޮންނާނެއެވެ.

ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ހަނދު ފެނިއްޖެނަމަ ހަނދު ފެނުނު މީހާގެ ނަމާއި، އެޑްރެހާއި، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މަޢުލޫމާތުތައް ދިނުމަށްޓަކައި ހަނދު ފެނުނު މީހާ ވަގުތުން މަޑަވެލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެ މަޢުލޫމާތު ދެއްވުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ފެބުރުވަރީ 2026