ބީލަން
ނަންބަރު: (IUL)340/340/2026/7
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 19 ފެބުރުވަރީ 2026 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ޕޮލިސް ސްޓޭޝަންގެ އިރުމަތީ އިންފާރު ރޭނުމުގެ މަސައްކަތް:

ރަސްދޫ ޕޮލިސް ސްޓޭޝަންގެ އިރުމަތީ ފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކުރި ނަންބަރު: 340/340/2025/72 (IUL) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މި އުޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓުތަކުގެ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު)ގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2026 ފެބްރުވަރީ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އީމެއިލަށް، ރަޖިސްޓަރީވެލައްވާ ފަރާތުގެ ނަން/ ކުންފުނި/ވިޔަފާރިގެނަން ގުޅޭނެ ނަންބަރު ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މަތީގައިވާ މެއިލަށް 2026 ފެބްރުވަރީ 15 ވަނަ ދުވަހުގެ 14:00ގެ ކުރިން ސުވާލު ފޮނުވުމުން 2026 ފެބްރުވަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.                  

މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2026 ފެބްރުވަރީ 22 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

08 ފެބުރުވަރީ 2026