ކުއްޔަށް ހިފުން
ނަންބަރު: MTCC-PD/IU/2015/0192
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި:
07 ޑިސެންބަރު 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
01 ކާގޯ ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން
އެމްޓީސީސީ ގެ ހުޅުމާލެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް 01 ކާގޯ ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީގެ ހުޅުމާލެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް މި ކުންފުނިން ބޭނުންވާ މިންގަނޑުތަކަށްފެތޭ 01 ކާގޯ ފެރީ ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ޑިސެމްބަރ 2015 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
21 ޞަފަރު 1437
03 ޑިސެންބަރު 2015