ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2026/6
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 17 ފެބުރުވަރީ 2026 13:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

މިއިދާރާގެ ނަންބަރު: (IUL)278/278/2026/3 އިޢުލާނާއި ގުޅިގެން ދެވިފައިވާ މުއްދަތު ހަމަވިއިރު، އެކަމަށް ޝައުޤުވެރިވާ އިތުރު ފަރާތްތައް ތިބިކަމަށް ފާހަގަކުރެވޭތީ، ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަތަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ގޯއްޗަށް އެދުމުގެ މުއްދަތު އިތުރުކުރުމަށް ށ.ނަރުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 231 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާތީ، 2026 ފެބްރުއަރީ 12 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ގޯއްޗަށް އެދުމުގެ މުއްދަތު އިތުރުކޮށްފީމެވެ.

              ވިމާ، މިއިދާރާއިގެ ނަންބަރު (IUL)278/278/2026/3 އާ ގުޅިގެން ފޯމް ހުށަހަހަޅުއްވާފައިވާ ފަރާތްތައް ފިޔަވައި އެކަމަށް ޝައުޤުވެރިވާ އެހެން ފަރާތްތަކުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 2026 ފެބްރުއަރީ 17 ވަނަދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމްހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން މެންދުރު 13:30 އާ ދެމެދު ށ.ނަރުދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.

               ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ލިޔުންތައް     

  1. މިލަދުންމަޑުލު އުތުރުބުރީ ށ. ނަރުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު-2025
  2. ގޯތި ދޫކުރާ ސަރަޙައްދު އެނގޭނޭ ޗާޓް
  3. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  4. ލިބިފައިވާ ބޯހިޔާވަހިކަމެއް ދޫކޮށްލުމަށް ވެވޭ އެއްބަސްވުން ޖަދުވަލު 4 ، ތަރިކަ އިޤުރާރު ޖަދުވަލު 5 ( ބަންޑާރަ ގޯއްޗައް އެދޭ ފޯމުގައި)

            ވީމާ، މިރަށުން ގޯއްޗަށް އެދޭ ފަރާތްތަކުން މަތީގައިވާ ގޮތުގެމަތިން ގޯއްޗަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540682  މި ނަންބަރަށް ގުޅުއްވުން އެދެމެވެ.

             މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

08 ފެބުރުވަރީ 2026