މުބާރާތް
ނަންބަރު: BAM-IUL-2026-004
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 18:44
ސުންގަޑި: 15 ފެބުރުވަރީ 2026 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
22 ވަނަ ރަމަޟާން ބެޑްމިންޓަން ކަޕް

22 ވަނަ ރަމަޟާން ބެޑްމިންޓަން ކަޕް 20 ފެބްރުއަރީ 2026 ން 25 ފެބްރުއަރީ 2026 އަށް މާލެ ކުޅިވަރުއެކުވެނި ބެޑްމިންޓަން ހޯލްގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 14:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 ނުވަތަ 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ފެބުރުވަރީ 2026