ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2026/12
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 09 މާރިޗު 2026 23:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑިތީމުދާއިރާގެ މަޖިލިސް މެމްބަރު ނޫމަރާގެ ރައްޔިތުންނަށް ދޭ އުމުރާ ދަތުރާގުޅޭ

އިޢުލާން

ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ދެއްވަވާ އުމްރާދަތުރަށް ހުޅުވާލުން

 

ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޞިލް އަމީން ފައިސަލް، ކޮންމެ އަހަރަކު، ދައިރާގެ ރައްޔިތަކު އުމްރާގެ މަތިވެރި އަޅުކަމަށް ފޮނުވުމަށް ނިންމަވާ، މިގޮތުން ފޮނުވޭ ފުރަތަމަ ފަރާތް މިރަށުން ހޮވުމަށް ކަނޑައަޅުއްވާ އެކަންވަނީ މި ކައުންސިލާ ހިއްސާ ކުރައްވާފައެވެ. މި ގޮތުން ފޮނުވޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާ ގުޅިގެން މި ފުރުސަތަށް އެދި ނަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ ބައްދަލުވުމެއްގައި، ލެވޭ ގުރުއަތަކުންނެވެ. އެހެންކަމުން، މިފުރުސަތަށް އެދޭ ނޫމަރާގެ ރަށްވެހިން 8 ފެބްރުއަރީ 2026 ން ފެށިގެން 9 މާރިޗު 2026 ގެ ނިޔަލަށް، އުމްރާ ދަތުރަށް އެދި ހުށަހަޅާ ފޯމު މެދުވެރިކޮށް ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ނަން ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ދޫކުރުމާއި ފޯމު ބަލާގަތުން 8 ފެބްރުއަރީ 2026 ން ފެށިގެން 9 މާރިޗު 2026 ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގައި ކުރިއަށް ދާނެކަމުގައިވެސް ދަންނަވަމެވެ.

 

ގޫގުލް ފޯމު ލިންކު: https://forms.gle/iCTJZuJsDs6kmnaq9

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ފެބުރުވަރީ 2026