ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/1/2015/48
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:56
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންނަށް އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން

އިޢުލާން

ދައުލަތުގެ މުއައްސަސާތަކަށް ގެންނަ ބިދޭސީންނާއި، ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތަކަށް ގެންނަ ބިދޭސީންނާއި، އިޖުތިމާޢީ އެކިއެކި ބޭނުންތަކަށްޓަކައި ވިޔަފާރީގެ މަންފާއެއް ހާސިލުކުރުން ނޫން ގޮތްގޮތުން ދަރުމަވެރިންގެގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންނަށް 1 ޖަނަވަރީ 2016 އިން ފެށިގެން އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ ލިބުމުންނެވެ.

އަދި ދަންނަވަމެވެ. ކޯޓާ ނެތި މި ދާއިރާތަކުގައި މަސައްކަތްކުރުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިފައިވާ ބިދޭސީން، 31 މާރިޗު 2016 ގެ ކުރިން، އައު ކޯޓާގެ ދަށަށް ބަދަލުކުރަންޖެހޭގޮތަށްވެސް ހަމަޖައްސައިފީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015