ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)473-HR/473/2026/13
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 12 ފެބުރުވަރީ 2026 13:30
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހިއުމަން ރިސޯސަސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ޕްރިންސިޕަލް ހިއުމަން ރިސޯސަސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-437032

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ޕަބްލިކް ސަރވިސް ރޭންކް 8 - ސްޓެޕް 1

ސްކިލް ލެވަލް:

4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިއުމަން ރިސޯސް ސެކްޝަން/ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

މަހަކު  11,620.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5,420.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 145.00 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުވައްޒަފުންގެ މުސާރަ ހެދުމާއި މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރުމާއި، މުސާރަ ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސުން ދެއްވާފައިވާ ސުންގަޑީގެ ކުރިން މުސާރަ ނިންމާ ޕޯސްޓު ކުރެވޭކަން ކަށަވަރުކުރުން.
  2. މިނިސްޓްރީ އާއި މިނިސްޓްރީގެ އިދާރާތަކުގެ ޖޮން އެނަލިސިސް ހެދުމާއި އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް އިސްވެރިންނަށް އެކަމުގެ އަދާހަމަ ހިއްސާކޮށް، ހުސް މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި، މުވައްޒަފުން ވަކިކުރުމާއި، މުވައްޒިފުންނަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
  3. ސިވައިލް ސަރވިސް ގަވާއިދާއި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އުޞޫލާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ މަސައްކަތްތައް ބެލެހެއްޓުމާއި، މިނިސްޓްރީއާ މިނިސްޓްރީގެ އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  4. އެހެން ފަރާތްތަކުން ނުވަތަ އިދާރާގެ މުވައްޒަފުން ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ނިންމާ ނިންމުންތައް ތަންފީޒުކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް އިސްވެރިންގެ ލަފާގެ މަތިން ފިޔަވަޅު އެޅުމާއި ރެކޯޑު ބެލެހެއްޓޭކަން ކަށަވަރުކުރުން.
  5. ޑިޕާޓްމަންޓް، ސެކްޝަން އަދި ޔުނިޓުތަކުގެ މަޝްވަރާއާއެކު މުޅި ދާއިރާގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމުގެ ކަންތައްތައް ރާވާ ހިންގައި ބެލެހެއްޓުމާއި، ތަމްރީނު ކުރެވިފައިވާ މުވައްޒަފުންގެ އެންމެހައި މަޢުލޫމާތުތައް ބެލެހެއްޓޭކަން ކަށަވަރުކުރުން.
  6. އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސައްކަތްތައް ގަވާއިދުން ކުރިޔަށް ގެންދެވޭކަން ކަށަވަރުކޮށް، އެޗް.އާރް.އެމް.ޑީ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން.
  7. މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާއި އުޞޫލުތައް ދިރާސާކޮށް ގެންނަށްޖެހޭ ބަދަލުތައް ދެނެގަނެ އެކަމާ ގުޅޭ ފަންނީ ލަފާ ދިނުމާއި އުޞޫލުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމާ ގުޅޭ ކަންކަމުގައި ސުޕަވައިޒަރުންނަށް ދޭންޖެހޭ ލަފާ ދިނުން.
  8. މުވައްޒަފުންގެ ކޮންމެ އަހަރެއްގެ އަހަރީ ޗުއްޓީ ޕްލޭން ތައްޔާރުކޮށް އިސްވެރިންނާއި ހިއްސާކޮށް މުވައްޒަފުންގެ އަހަރީ ޗުއްޓީއާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުން.
  9. އެޓެންޑެންސް ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ މަސައްކަތް ގަވާއިދުން ކުރެވޭކަން ކަށަވަރުކޮށް ޗުއްޓީތަކުގެ މަޢުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  10. މުވައްޒަފުނަށް ދޭންޖެހޭ ރެފަރެންސް ލިޔުންތައް ތައްޔާރުކޮށް، އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށް ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން.
  11. ހިއުމަން ރިސޯސް ސެކްޝަނުގެ ޑިރެކްޓަރގެ މަޝްވަރާގެ މަތިން ޔުނިޓުގެ އަހަރީ ވާރކް ޕްލޭނާއި ލަފާކުރާ މުސާރައިގެ ބަޖެޓް ތައްޔާރުކުރުން.
  12. ސެކްޝަނުން ޖަވާބު ދޭންޖެހޭ ލިޔުންތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ޖަވާބު ދިނުމާއި، ލިޔަންޖެހޭ ނޯޓު، މެމޯ އަދި ސިޓީ ފަދަ ލިޔުންތައް ލިޔެ ފޮނުވުން.
  13. މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ބޭނުންވާ ކަންތައްތައް ރާވައި ހިންގުމާއި އެކަންކަން ކުރިޔަށްދާގޮތް ބެލެހެއްޓުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމާއި ސެކްޝަންގެ ހަފްތާގެ ޔައުމިއްޔާ ތައްޔާރުކުރުން.
  15. ސެކްޝަންގެ އެހެން މުވައްޒަފަކު ވަޒީފާއަށް ހާޒިރުނުވާ ހާލަތްތަކުގައި، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސެކްޝަންގެ އިސްވެރިޔާ ހަވާލުކުރާ މަސައްކަތްތައް ވަގުތީ ގޮތުން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން  
  2. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް  
  3. ބިހޭވިއަރަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީ  
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  5. ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް  
  6. ބިޒްނަސް މެނޭޖްމަންޓް 
  7.  ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  8. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް 
  9. ހިއުމަން ކެޕިޓަލް ލީޑަރޝިޕް 
  10. ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް 
  11. ހިއުމަން ޑިވެލޮޕްމަންޓް 
  12. ހިއުމަން މެނޭޖްމަންްޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް 
  13. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް 
  14. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް 
  15. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް 
  16. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  17. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  18. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް 
  19. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ 
  20. ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  21. ހިއުމަން ރިސޯސަސް 
  22. ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން 
  23. ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް 
  24. ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް 
  25. ހިއުމަން ރިސޯސަސް އެންޑް އޯގަނައިޒޭޝަނަލް ބިހޭވިއަރ 
  26. ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް 
  27. ހިއުމަން ޓެލަންޓް މެނޭޖްމަންޓް 
  28. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  29. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް  
  30. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް  
  31. މެނޭޖްމަންޓް  
  32. މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް  
  33. މެނޭޖްމަންޓް ސައިކޮލޮޖީ  
  34. އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް  
  35. އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ  
  36. އޯގަނައިޒޭޝަނަލް ސައިކޮލޮޖީ  
  37. ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  38. ޕަރސަނަލް މެނޭޖްމަންޓް  
  39. ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް  
  40. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  41. ޕަބްލިކް ޕޮލިސީ  
  42. ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް  
  43. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް  
  44. ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ  
  45. ވަރކް ސައިކޮލޮޖީ  
  46. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް  
  47. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން
  2. އޮގަނައިޒޭޝަނަލް ބިހޭވިއަރ
  3. ޕަރފޯމަންސް މެނޭޖްމަންޓް
  4. އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) – 15

ޕްރެޒެންޓޭޝަން - 10

އިންޓަރވިއު – 30

 

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

1. އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛

އަދި،

މަޤާމަށް ކަނޑައަޅާފައިވާ (ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.5 ވަނަ މާއްދާގެ (ހ) ގައިވާ) ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ދިވެހި ލެންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2026 ފެބުރުވަރީ 15 އާއި 2026 މާރިޗު 25 އާ ދެމެދު، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7226046 ނުވަތަ 3036999 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޝަޢުބާން 1447

04 ފެބުރުވަރީ 2026