ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2026/17
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 16 ފެބުރުވަރީ 2026 10:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
7 ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެ

 

 

މި އޮފީހަށް ތިރީގައި މި ދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

ޢަދަދު

އައިޓަމް

7

ލެޕްޓޮޕް

  

މި އޮފީހަށް 7 ލެޕްޓޮޕް ގަތުމަށް ކުރެވުނު ނަންބަރު7-ADMN/1/2025/106 (IUL) 04 ސެޕްޓެންބަރ 2025 އިޢުލާން އަށް ހުށަހަޅާފައިވާ ބިޑުތައް އަގުބޮޑުވާތީ އަލުން އިއުލާން ކުރަމެވެ.

މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓެއްކަން މަޢުލޫމާތަށްޓަކާ ދަންނަވަމެވެ.

 

މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2026 ފެބްރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 16:00 ކުރިން [email protected] އީމެއިލްއަށް ބިޑާ ބެހޭ ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 2026 ފެބްރުވަރީ 16 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

 

04 ފެބުރުވަރީ 2026