މަސައްކަތް
ނަންބަރު: (IUL)438-PDU/438/2015/318
ޕަބްލިޝްކުރި ތާރީޚް: 03 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 08 ޑިސެންބަރު 2015 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ވ.ކެޔޮދޫގެ ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިތެރޭގައާއި މިހާރު ބޭނުންކުރާ ހުކުރުމިސްކިތުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި 29 އޮގަސްޓު 2015 ގައި ކުރެވުނު އިޢުލާން ނަންބަރު A/2015/19-ފ360 އާ ގުޅިގެން ހުޅުވާލެވުނު ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ވ.ކެޔޮދޫގެ ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިތެރޭގައާއި މިހާރު ބޭނުންކުރާ ހުކުރުމިސްކިތުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  3. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 14 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

    ހ. "ވ.ކެޔޮދޫގެ ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިތެރޭގައާއި މިހާރު ބޭނުންކުރާ ހުކުރުމިސްކިތުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

    ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

    ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

03 ނޮވެންބަރު 2015