ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާންމަހު ތަރާވިހު ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން ޒަމާނާއިގުޅޭ ރަގަނޅު ފެންވަރެއްގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަމްބަރު (IUL)387/387/2026/2 އިއުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަނާޅާތީ އެއިޢުލާނު ބާތިލްކޮށް އަލުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޝަތު ހުޅުވާލަމެވެ.
ކުރަންޖެހޭ ކަތައްތައް
- ރަގަޅުފެންވަރުގެ އޭސީ ރޫމެއް ހަމަޖެއްސުން
- ފަރިއްކޮޅު ރޯދަމަހާއި ގުޅޭގޮތަށް ރަގަޅުފެންވަރިގައި ހަމަޖެއްސުން
- ދޮވެއިސްތިރިކުރުން
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00ށް، މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަނދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
15 ސައުބާން 1447