ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2026/28
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 11 ފެބުރުވަރީ 2026 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސިވިލް އިންޖިނިއަރ

މަޤާމުގެ ނަންބަރު

      J-441167

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (2 އަހަރު)

މަޤާމުގެ ރޭންކް

ރޭންކް 8 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން / އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އެންޑް މެއިންޓެނަންސް ސެކްޝަން / އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އެންޑް އިންސްޕެކްޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު / ކ. މާލެ

މުސާރަ

 -/18,945 ރުފިޔާ

މަޤާމުގެ އެލަވަންސް

 -/10,850 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރ 2025 އާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. ހާޒިރީ އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/ 295ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީން ހިންގާ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް މެނޭޖްކޮށް ކޯޑިނޭޓްކުރުން
  2. ޕްރޮޖެކްޓްގެ މުޅި ލައިފް ސައިކަލްގައި ޕްރޮޖެކްޓްގެ ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު ފައިދާހުރި ގޮތެއްގައި ކޯޑިނޭޓްކުރުން
  3. ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ތައްޔާރުކުރުމާއި، ކޯޑިނޭޓްކުރުމާއި، މެނޭޖްމަންޓާ ގުޅޭގޮތުން ސަރުކާރުގެ ޓާގެޓްތައް ފޯރުކޮށްދިނުމުގައި ސްޓިއަރކުރުން
  4. މިނިސްޓްރީއަށް ބޭނުންވާ ސިވިލް އިންޖިނިއަރިންގ އާއި ގުޅޭ ފަންނީ ތަޖުރިބާ ފޯރުކޮށްދިނުން
  5. ކޮންސަލްޓަންޓުން/ކޮންޓްރެކްޓަރުން/އިންވެސްޓަރުން ހުށަހަޅާ ޕްރޮޖެކްޓް ޑޮކިއުމަންޓޭޝަންތައް ރިވިއުކުރުން
  6. ކަމާބެހޭ ފަރާތްތަކުން ހުށަހަޅާ ސްޓްރަކްޗަރަލް ޑިޒައިންތަކާއި ކުރެހުންތައް މުރާޖަޢާކޮށް ތަޙުލީލުކުރުން
  7. ޕްރޮޖެކްޓް ކޮންސެޕްޓް ޕޭޕަރސް، އިންފޮމޭޝަން މެމޮރެންޑާ، ޕްރޮޖެކްޓް ޕްރޮޕޯސަލް، އިމްޕްލިމެންޓޭޝަން/ވޯކް ޕްލޭން، ޕްރޮގްރެސް ރިޕޯޓް، ޕްރޮޖެކްޓް ރިޕޯޓް އަދި ޕްރޮޖެކްޓްތަކާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން
  8. ޕްރޮޖެކްޓްގެ ފުރިހަމަ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ބެލެހެއްޓުން
  9. ޕްރޮޖެކްޓްގެ ރިސްކްތައް އެންމެ ކުޑަކުރުމަށްޓަކައި ރިސްކް މެނޭޖްމަންޓް ފައިދާހުރި ގޮތެއްގައި ބެލެހެއްޓުން
  10. ޕްރޮޖެކްޓް ކޮންޓްރެކްޓްތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން
  11. ޕްރޮކިއުމަންޓް ސްޓްރެޓެޖީއާ ބެހޭގޮތުން ލަފާދިނުމާއި، ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވުން
  12. މިނިސްޓްރީން ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ޓީ.އޯ.އާރ ތައްޔާރުކުރުން. މަޝްރޫޢުތަކުގެ ޞައްޙަ އަދި ތަފްޞީލީ ދާއިރާއާއި މަޤްޞަދުތަކާއި ޑެލިވަރޭބަލްތައް ކަނޑައެޅުން
  13. ކޮންޓްރެކްޓަރ/ކޮންސަލްޓަންޓުން އިތުރު ފައިސާ ދެއްކުމާއި، ވެރިއޭޝަން އޯޑަރާއި ނުވަތަ ވަގުތު އިތުރުކުރުމަށް ކުރާ ކްލޭމްތައް އިވެލުއޭޓްކޮށް، ލަފާ ދިނުން
  14. ނިމިފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ފައިސާ ދެއްކުމުގެ ސެޓްފިކެޓް ތައްޔާރުކުރުން
  15. އިންޓަރނަލް ޕްރޮޖެކްޓް ފޯރމިއުލޭޝަން އަދި މެނޭޖްމަންޓް ފްލޯ ޕްރޮސެސް ވަކިވަކިން ރިވިއުކޮށް ރަނގަޅުކުރުން
  16. މިނިސްޓްރީން ހަވާލުކުރާ ކަމާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން އަދި ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ؛

 2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

"އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ފަރާތަކަށްވުން

ތަޢުލީމީ ރޮނގުތައް:

  1. އާކިޓެކްޗަރަލް އިންޖީނިއަރިންގ  
  2. ބްރިޖް އިންޖިނިއަރިންގ  
  3. ބިލްޑިންގ އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ  
  4. ބިލްޑިންގ އިންޖިނިއަރިންގ  
  5. ސިވިލް އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ  
  6. ސިވިލް އެންޑް އެންވަޔަރަމަންޓަލް އިންޖިނިއަރިންގ  
  7. ސިވިލް އިންޖިނިއަރިންގ  
  8. ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން  
  9. ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް  
  10. ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރސް  
  11. ކޮމްޕިއުޓޭޝަނަލް ސިވިލް އިންޖިނިއަރިންގ  
  12. ކޮންސްޓްރަކްޝަން އިންޖިނިއަރިންގ  
  13. ކޮންސްޓްރަކްޝަން އިންޖިނިއަރިންގ މެނޭޖްމަންޓް  
  14. ކޮންސްޓްރަކްޝަން މެޝިން އިންޖިނިއަރިންގ  
  15. ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ  
  16. އަރތްކުއޭކް އިންޖިނިއަރިންގ  
  17. އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް  
  18. މެއިންޓެނަންސް އިންޖިނިއަރިންގ  
  19. ރޯޑް މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ  
  20. ސްޓްރަކްޗަރަލް އެންޑް ބިލްޑިންގ ޕްރޮޑަކްޓްސް އިންޖިނިއަރިންގ  
  21. ސްޓްރަކްޗަރަލް އެންޑް ސިވިލް އިންޖިނިއަރިންގ  
  22. ސްޓްރަކްޗަރަލް އެންޑް ޖިއޯޓެކްނިކަލް އިންޖިނިއަރިންގ  
  23. ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  24. ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ބިލްޑިންގ ޓެކްނޯލޮޖީ  
  25. ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން  
  26. ސަސްޓެއިނަބަލް ސްޓްރަކްޗަރަލް އިންޖިނިއަރިންގ  

ގުޅޭ ވަޒީފާގެ ދާއިރާ

  • އިންޖިނިއަރިންގ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)   ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީކޮށް ލިބިފައިވާ ހުއްދައިގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 11 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނީ، 2026 ފެބުރުވަރީ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު ،  ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014409، 3014404، 3014408 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ފެބުރުވަރީ 2026