|
މަގާމު:
ބޭނުންވާ ޢަދަދު:
ބޭނުންވާ މުއްދަތު:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
|
އިންޓާން
1 (އެކެއް)
05 މަސް
ބަޖެޓް ސެކްޝަން
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ޙާޟިރުވާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ
|
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތަތް ކުރުން، އަދި އިމަރޖެންސީ އޮޕަރޭޝަންގެ ޑިއުޓީ އޮންކޯލް ހަފްތާގައި ފޯނުލޮގްކޮށް ބެލެހެއްޓުން.
- ބަޖެޓު ޔުނިޓުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އޮފީސް ޖެމްސް އާއި މެއިލް ޗެކުކޮށް ޖަވާބުދާރީވުމާއި، އަދި ބަޖެޓް ޔުނިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުން ގެޒެޓްކުރާ ގަވާއިދުތަކާއި ސަރކިއުލަރ ފަދަ ލިޔެކިޔުންތައް ހޯދާ އެއާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުން.
- މި އޮތޯރިޓީއަށް ހުށަހެޅޭ ބިލްތައް ވެރިފައިކޮށް، ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުން
- މި އޮތޯރިޓީގެ މުވައްޒަފުންނަށް މަހުން މަހަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައިވާ މުއްދަތަށް ލިބިދިނުމުގެ ގޮތުން ބަޖެޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މި އޮތޯރިޓީގެ ޔުޓިލިޓީ ބިލް (ކަރަންޓް، ފެން، ފޯނު، އިންޓަރނެޓް، މީޑިއާނެޓް) ތަކާއި އަހަރީ ފީ އަދި ސަބްސްކްރިޕްޝަން ދައްކަންޖެހޭ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މަސައްކަތްތައް ކުރުން.
- މި އޮތޯރިޓީއަށް ލިބޭ އާމްދަނީ އާއި އެހެނިހެން ހިލޭ އެހީތައް ސަރުކާރުގެ ގަވާއިދާއި އަދި މި އޮތޯރިޓީން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބަލައިގަނެ، ޖަމާކުރަންޖެހޭ ފައިސާއެއް ނަމަ، ކަނޑައެޅިފައިވާ އެކައުންޓަށް ޖަމާކުރުން.
- ތިޖޫރީ ހިސާބު ދުވަހުން ދުވަހަށް ބާކީކޮށް ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޕެޓީކޭޝްގެ ރެކޯޑްސްތައް ބަލަހައްޓާ ޕެޓީކޭޝް އިން ޚަރަދު ކުރެވޭގޮތް ބަލަހައްޓާ ގަވާއިދުން ރިޕްލެނިޝް ކުރުމުގެ ކަންކަން ކުރުން
- އިމަރޖެންސީ ޕެޓީ ކޭޝް ފުރިހަމަ ޢަދަދުގެ %50 އަށް ވުރެ ދަށްވިޔަނުދީ ބެލެހެއްޓުން.
- އޮތޯރިޓީގެ އަހަރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސީލިންގއަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
- މި އޮތޯރިޓީގެ ޚަރަދު ރިޕޯޓްތަކާއި، ފައިނޭންޝަލް ސްޓޭޓްމަންޓްތައް އަދި މާލީ ބަޔާން ގަވާޢިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހާ ފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތަށް ފޮނުވުން.
- ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގެ ހިސާބުތައް ބަލަހައްޓާ ފަންޑްގެ ސްޓޭޓްމަންޓް އަހަރަކު އެއްފަހަރު ތައްޔާރުކޮށް ވެރިންނަށް ހިއްސާކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- މުވައްޒަފުން ރާއްޖޭން ބޭރަށާއި ރާއްޖޭގެ އަތޮޅުތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި ދޭންޖެހޭ ޕޮކެޓްމަނީ އާއި އެލަވަންސް ދިނުމުގެ ކަންކަން ހަމަޖެއްސުން އަދި މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލު ކުރެވޭ މަސައްކަތް ކުރުން.
|
|
މަގާމުގެ ޝަރުތުތައް:
|
- ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސް ވެފައިވުން (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން)، ނުވަތަ
- އޭލެވެލް ފުރިހަމަ ކޮށްފައިވުމާއެކު (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން).
ނޯޓް: މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
|
ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އިންޓާންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- އިންޓާންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
|
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
|
މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 15 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓް ލިސްޓް ކުރުން:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
|
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 16 ފެބުރުވަރީ 2026 އާއި 19 ފެބުރުވަރީ 2026 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:
|
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|