ދިވެހިރާއްޖެ
އިޢުލާން
1447 ވަނައަހަރުގެ ފިޠުރުޢީދު ނަމާދު ބޮޑުޖަމާޢަތް ބޭއްވުމަށް މާލޭ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފޭސް 1ގެ ސިންތެޓިކް ޓްރެކް ސަރަހައްދު، އަދި ހުޅުމާލެ ފޭސް2 ގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މެއިލްމެދުވެރިކޮށް ފޮނުވޭނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/362mNQUV25
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261 3020264 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.