ޢާންމު މަޢުލޫމާތު
ނަންބަރު: IL-KPL/2026/001
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 03 މާރިޗު 2026 23:59
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓުގެ ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ގެނެވުނު ބަދަލާއި ގުޅޭ.

ކުޅުދުއްފުށީ ޕޯޓުގައި ދެމުންގެންދާ ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމާއި، ކުޅުދުއްފުށީ ޕޯޓުން އިތުރު ދެ ޚިދުމަތެއް ތަޢާރަފުކޮށް ޕޯޓުން ޢަމަލުކުރަމުން ގެންދާ ޓެރިފް ރޭޓްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބަދަލުތަކަށް ޢަމަލުކުރަން ފަށާ، މިކުންފުނިން ދެމުންގެންދާ ޚިދުމަތްތަކުން އަގަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 03 ފެބްރުއަރީ 2026 ވަނަ ދުވަހުން ފެށިގެން ކަމުގައި ދަންނަވަމެވެ.

މިދެންނެވި ތާރީޚުން ފެށިގެން އަގަށް ބަދަލު އަންނާނެ ޚިދުމަތްތައް:

  • ޕޯޓް އެންޓްރީ ޗާރޖަސް (Port Entry Charges): ބަނދަރަށް ވަނުމުގެ ފީ.
  • އިކްއިޕްމަންޓް ރެންޓަލް ޗާރޖަސް (Equipment Rental Charges): މުދާ އުފުލުމަށާއި އެހެނިހެން ބޭނުންތަކަށް ދޫކުރާ މެޝިނަރީ/ވެހިކަލްތަކުގެ ކުލި.
  • ޑޮކޭޖް ޗާރޖަސް (Dockage Charges): ޑޮކްކުރުމުގެ ޚިދުމަތުގެ ފީ.

އަލަށް ތަޢާރަފްކުރާ ޚިދުމަތްތައް:

  • ޑޮމެސްޓިކް ބާރތް ޗާރޖަސް (Domestic Berth Charges): ބޯޓުފަހަރު ވެލިގަނޑު ސަރަޙައްދައް ކައިރިކޮށްފައި ބޭއްވުމުގެ ފީ.
  • ބޮންޑެޑް ވެއަރހައުސް (Bonded Warehouse): ކަސްޓަމްސް ކޮންޓްރޯލްގެ ދަށުން މުދާ ބެހެއްޓުމުގެ ޚިދުމަތް.

މި ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކުން މި ބަދަލަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. މި ޚިދުމަތްތަކަށް އަލަށް ކަނޑައެޅިފައިވާ ރޭޓްތަކުގެ ތަފްޞީލު މި ކުންފުނީގެ ވެބްސައިޓުންނާއި ތިރީގައިމިވާ ލިންކް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ޓެރިފްއަށް ގެނެވުނު ބަދަލުތަކާއި އަލަށް ތަޢާރަފްކުރާ ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް:

ލިންކް: https://url-shortener.me/AQ4A

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އާއި 14:00 އާއި ދެމެދު ކުންފުނީގެ ނަންބަރ : 8558 652 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.

03 ފެބުރުވަރީ 2026