ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2026/9
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 20:24
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ބޭރުގައި ދިރިއުޅޭ ހއ.ދިއްދޫ ރަށްވެހިންގެ ދަފްތަރު އެކުލަވާލުމާގުޅޭ:

ރަށުން ބޭރުގައި ދިރިއުޅޭ ހއ.ދިއްދޫ ރަށްވެހިންގެ ދަފްތަރު އެކުލަވާލުމާގުޅޭ:

ހއ.ދިއްދޫ ރައްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ރަށުންބޭރުގައި ދިރިއުޅޭ ފަރާތެއްކަން އަދި ދިރިއުޅެމުންދާ މުއްދަތު ކަނޑައަޅާނީ މި އިދާރާއަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.

ރަށުގައި ދިރިނޫޅޭކަން އަންގައިދިނުމަށް ހުށަހެޅިދާނެ ލިޔެކިއުން

1. ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން) އަދި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނު) ތަސްދީޤުކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން)

2. ދިރިއުޅޭ ރަށުގެ ތަޢުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން.

3. ދައުލަތުގެ އިދާރާއަކުން އެއިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މަޢުލޫމާތުން، އެރަށެއްގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް.

4. ދިރިއުޅޭރަށުގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު އެރަށެއްގައި  ދިރިއުޅެފައިވާގޭގެ ވެރިފަރާތުން ދީފައިވާ، މި އިޢުލާނާއިއެކު ގެޒެޓްކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް.

   ރަޖިސްޓްރީވާ ފޯމްގެ ލިންކް:  https://form.jotform.com/hadhidhoo/rahvehinge-dhaftharu-ekulavaalumaai

   ވީމާ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި މި އިޢުލާނުގެ ކުރިން ރަށުގައި ދިރިނޫޅޭކަމުގެ ލިޔުން ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުންވެސް ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ފޯމް މެދުވެރިކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި އެކު ހުށަހެޅުމަށް ދަންނަވަމެވެ. ވަކި ތާރީޚަކުން ފެށިގެން ރަށުގައި ދިރިނޫޅޭކަން ބަޔާންކޮށް ލިޔުން ދޫކުރެވޭނީ ހުށަހަޅުއްވާ ލިޔެކިޔުންތަކުން އެ ތާރީޚަކުން ފެށިގެން ރަށުގައި ދިރިނޫޅޭކަން އެނގޭނަމެވެ. އަދި ހުށަހަޅުއްވާ ލިޔެކިޔުންތަކުން ރަށުގައި ދިރިނޫޅޭކަން އެނގެން ނެތް ނަމަ އަދި ދިރިނޫޅޭ މުއްދަތު ކަށަވަރު ނުކުރެވޭނަމަ ރަށުގައި ދިރިއުޅެމުން ނުދާކަމުގެ ލިޔުން ދޫކުރެވެން ނެތްކަމުގައި ދަންނަވަމަވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2026