މަސައްކަތް
ނަންބަރު: MNU-CA-PR/2015/526
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 06 ޑިސެންބަރު 2015 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނ. އަތޮޅު ކެނދިކުޅުދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ލާރނިންގ ސެންޓަރެއް އިމާރާތް ކުރުމަށް ކުރެހުންތައް ކުރަހައި ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނ. އަތޮޅު ކެނދިކުޅުދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ލާރނިންގ ސެންޓަރެއް އިމާރާތް ކުރުމަށް ކުރެހުންތައް ކުރަހައި ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PR/2015/525ފ(23 ނޮވެންބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 06 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ވަގުތު މަޢުލޫމާތު އޮޅުންފިލުވުމަކީ މުހިންމުކަމަކަށްވާތީ، މަޢުލޫމާތު ސާފުކުރަން ކަނޑައެޅިފައިވާ ވަގުތު ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

17 ޞަފަރު 1437

29 ނޮވެންބަރު 2015