ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2026/19
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 12 ފެބުރުވަރީ 2026 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

މަޤާމް:     އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/6,185 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މެންޓަލް ހެލްތް ސެކްޝަން އަދި ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ބޭނުންވާ އިދާރީ އަދި ކްލެރިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
  2. ޕްރޮސިކިއުޓަރުން އަދި ކަމާގުޅުންހުރި ބޭރުގެ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކާއި، އިންޓަވިއުތަކާއި، ކޯޓަށް ހާޒިރުވުމުގެ ކަންކަން ވިލަރެސްކުރުމުގައި ބޭނުންވާ އިދާރީ  އެހީތެރިކަން ފޯރުކޮށްދިނުން.
  3. ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން، މައްސަލަތަކުގެ ކުރިއެރުމާ ގުޅޭ މަޢުލޫމާތު ދިނުމާއި، ފޮލޯ-އަޕް ހެދުމާއި، އެކި ކަންކަން އެންގުމުގައި މުޢާމަލާތްކުރުމުގައި އެހީތެރިވުން.
  4. ޔުނިޓުން ބަލަހައްޓާ މައްސަލަތަކާ ގުޅޭ ފައިލްތަކާއި، ޑޭޓާބޭސްތަކާއި ރެކޯޑުތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ސިއްރުވެރިކަމާއެކު ފުރިހަމައަށް ބެލެހެއްޓުން.
  5. މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި، ރިޕޯޓުތަކާއި، ސިޓީބިޓީތައް ތައްޔާރުކުރުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވުން.
  6. ކަމާގުޅުންހުރި ބޭރުގެ މުއައްސަސާތަކާއެކު ބާއްވާ ބައްދަލުވުންތަކާއި، ރިފަރަލްތަކާއި، އެހެނިހެން މުޢާމަލާތްތައް ވިލަރެސްކުރުމާއި އެކަންކަމުގެ ރެކޯޑު ބެލެހެއްޓުމުގައި އެހީތެރިވުން.
  7. ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ޔުނިޓުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް، ކަމާގުޅޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި އޮފީހުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމުގައި އެހީތެރިވުން.
  8. ޔުނިޓުން ބަލަހައްޓާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމާއި، އެކުލަވައިލުމާއި، ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  9. ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުޙަލާގައި، ދަޢުވާކުރުމާ ގުޅޭ ކަންކަމުގައާއި ޤާނޫނީ ލަފާދިނުމުގެ މަސައްކަތްތަކުގައި ބޭނުންވާ އިދާރީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުން.
  10. މެންޓަލް ހެލްތް ސެކްޝަން އަދި ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސެކްޝަނުން ހިންގާ ޕްރޮޖެކްޓް މަސައްކަތްތަކުގައި  އެހީތެރިކަން ފޯރުކޮށްދިނުން. 
  11. އަނިޔާ ލިބޭ ފަރާތްތަކާއި ހެކިންނަށް ރައްކާތެރިކަމާއި، އިންސާފާއި، އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިދާރީ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމުމަށް އިސްކަންދިނުން.
  12. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން އިދާރީ އަދި އެހީތެރިކަމުގެ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

ޝަރުޠު

  1. ލަންޑަން ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު އެސް.އެސް.ސީ "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސަރޓިފިކޭޓް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  12 ފެބުރުވަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15 ފެބުރުވަރީ 2026  – 23 މާރިޗު 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

15 ޝަޢުބާން 1447

03 ފެބުރުވަރީ 2026