ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2015/148
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 10 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ހަމަޖައްސާ ސެކްޝަން:

އިމާމް ޔުނިޓް

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

 

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާލޭ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންގެ އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުން.
  1. މާލެއާއި އަތޮޅުތަކުގެ އިމާމުންނާއި މުދިމުންގެ ފަރާތުން ނުވަތަ އެފަރާތްތަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލައި، އެކަންކަން ޙައްލުކުރުން.
  2. ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޒުކޮށް ތަރާވީޙު ނަމާދުކުރުމަށް ޙާފިޒުން ހަމަޖެއްސުމާއި، އެމީހުންނަށް ދޭންޖެހޭ އެލަވަންސް ދިނުމަށް ކަމާބެހޭ ފަރާތަށް ފޮނުވުން.
  1. މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ހުރިހާކަމެއް ކައުންސިލްތަކާ ގުޅިގެން ހަމަޖެއްސުމާއި، އެ ރިޕޯޓްތައް އަޕްޑޭޓްކުރުން.
  2. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން:

މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް (އިސްލާމީ މަރުކަޒު) ގައެވެ.

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަ އަދި އެކައުންޓިން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒަށް)

އިންޓަވިއު:

- މި މަޤާމުގެ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.

 

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3020232 ނަންބަރު ފޯނަށް ނުވަތަ 3020224 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3020232 އާއި 3020224 އެވެ.
  • ވެބްސައިޓް އެޑްރެހަކީ، www.islamicaffairs.gov.mv އެވެ.  
  • އީމެއިލް ކުރާނީ، [email protected]  އަށެވެ.

13 ޞަފަރު 143

 

 

25 ނޮވެންބަރު 2015