ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)250/250/2026/3
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 15 ފެބުރުވަރީ 2026 13:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޕޫލް އިމާމް / ޕޫލް މުދިމު

2026ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ވޭޖް ޕޫލަށް މީހުން ހޯދުން.

މަޤާމު:

ޕޫލް އިމާމް، ޕޫލް މުދިމު

ބޭނުންވާ ޢަދަދު:

03

މަޤާމުގެ ގިންތި:

ވޭޖް  (1 އަހަރު ދުވަހުގެ މުއްދަތަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ.ވަށަފަރު (ވަށަފަރު މިސްކިތްތައް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މިސްކިތު އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި ބަންގި ގޮވާ އިމާމުވެ ނަމާދުކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމް

ޝަރުތު

މުސާރަ

ޕޫލް މުދިމު

ރީތިކޮށް ބަންގިގޮވަން އެނގުމާއި، ރީތިކޮށް ޤުރުއާންކިޔަވަން އެނގުން.

ބަންގިގޮވާ އިމާމުވެ ނަމާދުކުރާ ކޮންމެ ވަގުތަކަށް   -/53 (ފަންސާސް ތިނެއް ރުފިޔާ)

ޕޫލް އިމާމް

ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއިގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ޙާޞިލްކޮށްފައިވުން.

ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 (ފަސްދޮޅަސް އެކެއް ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ފެބްރުއަރީ 2026 ގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ ފޮނުވާނީ [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]  

ފޯން : ރަސްމީ ގަޑީގައި 6500039

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2026