ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2015/143
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 10 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ހަމަޖައްސާ ސެކްޝަން: އިމާމް ޔުނިޓް

މަޤާމުގެ ރޭންކް

ޖީ. އެސް. 4

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ

-/5,020 ރުފިޔާ

ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

 

 

މަޤާމުގެ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ މި އަތޮޅުތަކުގެ ރަށްރަށުގައި ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި، ބަދަލުކުރުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން.
  2. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ މި އަތޮޅުތަކުގެ ރަށްރަށުގައި މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.
  3. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ މި އަތޮޅުތަކުގެ ރަށްރަށުގައި މުވައްޒަފުންގެ އެޕްރައިސަލް ފޯމް، އެޓެންޑެންސް، އަދި މުވައްޒަފުންނަށްދޭ ނަސޭހަތުގެ ރެކޯޑްސް، ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން.
  4. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ މި އަތޮޅުތަކުގެ ރަށްރަށުގެ މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ހުރިހާކަމެއް، ކައުންސިލްތަކާ ގުޅައިގެން ހަމަޖެއްސުމާއި، އެ ރިޕޯޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. މި މިނިސްޓްރީން ފޮނުވާ ފައިސާގެ ޚަރަދުތަކާއި ބާކީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  6. މިސްކިތްތައް ބެލެހެއްޓުމާ ގުޅިގެން ގަންނަންޖެހޭ ތަކެތި ގަތުމުގެ މަސައްކަތް، ކައުންސިލްތަކ ގުޅިގެން ކުރުން.
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަނާއި ގަޑި:

- މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.

- ރަސްމީ މަސައްކަތުގެ ވަގުތަކީ 08:00 އިން 14:00 އަށެވެ. މީގެ އިތުރުން، ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރުގަޑީގައި މަސައްކަތް ކުރުމަށް ނިކުންނަން އަންގައިފިނަމަ ނިކުތުން.  (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:

ތަޢުލީމީގޮތުން ލިބިފައިވާ މާކުހާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަށެވެ.

ސުންގަޑި:

2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒަށް)

އިންޓަވިއު:

  • މި މަޤާމުގެ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3020212 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ 3315161 އެވެ.
  • އީމެއިލް ކުރާނީ، [email protected]  އަށެވެ.
  • ވެބްސައިޓް އެޑްރެހަކީ، www.islamicaffairs.gov.mv އެވެ. 

13 ޞަފަރު 1437

25 ނޮވެންބަރު 2015