ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ލިސްޓުގައިވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: (ތަފްޞީލް އެޓޭޗް ލިސްޓްގައި)
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 2026 ފެބުރުއަރީ 12 ވާ ބުރާސްފަތި ދުވަހުގެ 16:30 ގައި
3. މުދާ ބެލުމަށް ނަން ނޯޓް ކުރުން: 2026 ފެބުރުއަރީ 12 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/
- މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގައެވެ.
4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.
5. ނީލަން ކިޔުން: 2026 ފެބުރުއަރީ 13 ވާ ހުކުރު ދުވަހުގެ 14:00 އިން 2026 ފެބުރުއަރީ 14 ވާ ހޮނިހިރު ދުވަހުގެ 14:00 އަށް.
6. ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.
ސަމާލުކަމަށްޓަކައި:
- މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު (17 އޮކްޓޫބަރ 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ޤަވާއިދު ފެނިލައްވާނެއެވެ.
- ސްކްރެޕްގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސް އިން ނަގަންޖެހޭ ކެމިކަލް ޕާމިޓް ފަދަ ހުއްދަތައް ނަންގަވަން ޖެހިވަޑައިގަންނަވާނީ މުދާ ނީލަމުން ނަގާ ފަރާތުންނެވެ. މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެކެވެ.
މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.