ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު IUL) 101-EP/1/2015/169)ފ(18 ނޮވެންބަރު 2015) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކަށް (ބީ. ސީ) ތިރީގައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
- ކޮންސަލްޓެންސީ ސަރވިސް: މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ އަދި ބޮއްޔަށް ބޭނުންވާ ޕްރޮމޯޝަން އަދި މާރކެޓިންގއަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް
މިނިސްޓްރީއަށް މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- މަސައްކަތްކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ގޮތް
- ކުންފުނީގެ ޕްރޮފައިލް
- ޕްރޮޕޯސް ޓައިމްލައިން
- ޕްރޮޕޯސް ބަޖެޓް
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 10 ޑިސެންބަރު 2015 ގެ 13:00 އަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 10 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:00 ގައި ބޮޑުތަކުރުފާނުމަގުގައި ހުންނަ މި މިނިސްޓްރީގެ އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު، މި މިނިސްޓްރީގެ ތިރީގައި ބަޔާން ކުރެވިފައިވާ ނަންބަރު ނުވަތަ އީމެއިލް އެޑްރެސް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ. ސިޓީއުރައިގައި ކޮންސަލްޓެންސީ ސަރވިސް ފޯރ ބީ.ސީ އަދި ބޮލި' މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިކަމަށް ކުރިމަތިލައްވަން އެދޭ ފަރާތުން ޕްރޮޕޯޒަލް ހުށަހަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333156 (960)+
އީމެއިލް: [email protected]
19 ޞަފަރު 1437