ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.3/1/2026/3
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 10 ފެބުރުވަރީ 2026 22:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ / އައި.ޓީ ޑިޕަރޓްމަންޓް/ ސޮޕްޓްވެއަރ ޑެވެލޮޕަރ

 ވަޒީފާގެ ފުރުޞަތު

 ތާރީޚް

 15 ޝައުބާން 1447

 03 ފެބުރުވަރީ 2026

 ނަންބަރު

(IUL)179-3.3/1/2026/3 

 މަޤާމް:

 ސީނިއަރ އޮފިސަރ /  އައި.ޓީ ޑިޕަރޓްމަންޓް

 ވަޒީފާގެ ބާވަތް

 ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން

 އައި.ޓީ ޑިޕާރޓްމަންޓް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 އަސާސީ މުސާރަ

 -/6,500 ރުފިޔާ އާއި -/8,000 އާ ދެމެދު

 ފިކްސްޑް އެލަވަންސް

 -/5,000 ރުފިޔާ

 ކެޕިޓަލް މާރކެޓް އެލަވަންސް

 -/2,500 ރުފިޔާ

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 އިތުރުގަޑީގެ ފައިސާ 

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުތު

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން.      ނުވަތަ
  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 މައިގަނޑު މަސައްކަތާއި

 ޒިންމާތައް

  • ސީއެމްޑީއޭގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕްކޮށް ބެލެހެއްޓުން.
  • ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ އެންމެހާ މަރުހަލާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސޮފްޓްވެއަރ އަށް ބޭނުންވާ އަޕްޑޭޓްތައް ގެނައުމާއި، ދިމާވާ މައްސަލަތައް ހައްލުކޮށް މެއިންޓަނަންސްގެ މަސައްކަތްތައް ކުރުން.
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓާގުޅޭ މަސައްކަތުގެ މިންގަނޑުތަކާއި، ސަލާމަތީ ރައްކާތެރިކަމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން
  • މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި އައު ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ދިރާސާކުރުމުގައި އެހީތެރިވުން.
  • ކްލައުޑް އެޕްލިކޭޝަންތަކާއި ސިސްޓަމްތަކުގެ ހާލަތު ބަލައި މޮނިޓަރކުރުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން.
  • އޮތޯރިޓީގެ ޑޭޓާ އަދި ސިސްޓަމްތަކުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޑިޒާސްޓަރ ރިކަވަރީ ނިޒާމުތައް ގާއިމުކުރުމުގައި އެހީތެރިވުން.
  • ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.

 ޕޮއިންޓް ދޭނެ މިންގަނޑުތައް

  • ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ 10 އިންސައްތަ)
  • ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ 20 އިންސައްތަ)
  • އިންޓަރވިއު (ކަނޑައެޅިފައިވާ 40 އިންސައްތަ)
  • ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ 30 އިންސައްތަ)

 އެޕްލިކޭޝަން ސުންގަޑި

  • 10 ފެބުރުވަރީ 2026ގެ 23:59 ގެކުރިން

 މަސައްކަތު ގަޑި

  • ހަފްތާއަކު 5 ދުވަހު – ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
  • މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

 އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 އެޕްލިކޭޝަން ހުށަހެޅުން

 

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.

 Application Form

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.

 

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ   ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް   ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

03 ފެބުރުވަރީ 2026