ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2026/10
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 09 ފެބުރުވަރީ 2026 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހުގެ ރޯދަ ހަދިޔާ ބެހުމާއި ގުޅޭ:

 

އިޢުލާން

 

1447 ވަނަ އަހަރު ރަމަޟާން މަހުގެ ރޯދަ ހަދިޔާ ބެހުމާއި ގުޅޭ:

 

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައިވާ ގޮތުގެ މަތިން، މިރަށުގެ ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާފައިވާ މަސްދަޅުކޭސް ބެހުން 03 ފެބުރުއަރީ 2026 އިން 09 ފެބުރުއަރީ 2026 ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 14:00 އަށް މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މިނިސްޓްރީން ދަންނަވާފައިވާ ފަދައިން މިރަށުގައި ކައްކާ ކައިބޮއި އުޅުއްވާ ކަމަށް މިއިދާރާގައި ރަޖިސްޓްރީވެލެއްވުމަށް ފޯމް ހުށައަޅުއްވާފައިވާ ދިވެހި ގޭބިސީތަކުގެ ފަރާތުން މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި އައިޑީކާޑް ހިއްޕަވައިގެން ދުރުވެ ރޯދަ ހަދިޔާއާއި ޙަވާލުވެދެއްވުމަށް ދަންނަވަމެވެ.

03 ފެބުރުވަރީ 2026