ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4B/426/2026/36
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:31
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

އިޢުލާން

 

ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ:

         އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރ 2019/R-987 ގަވާއިދު (މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން "ކޮންމެ ފަރާތަކުންވެސް އެފަރާތަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެގޯއްޗެއްގެ މަގަށްވާ ސަރަހައްދުގެ އެގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެ ކަމަށާއި މީހަކަށް ދޫކޮށްފައިވާ ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީފައި ހުރިކަމުގައިވިޔަސް، ނުވަތަ އެ ގޯތީގައި އުޅެމުންދަނީ ގޯތި ދޫކުރި ފަރާތްނޫން އެހެން ފަރާތެއް ކަމުގައިވިޔަސް، ޤަވާއިދާ އެއްގޮތަށް އެ ގޯއްޗަކާވީ ސަރަހައްދު ކުނިކެހުމަކީ އެ ގޯއްޗެއްގައި ދިރިއުޅޭ ފަރާތެއްގެ ޒިންމާއެއް" ކަމަށާއި މި އޮފީހުން ދޫކުރާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ "އިތުރު އެންގުންތައް" މި ބައިގެ 9 ވަނަ ނުކުތާގައި "ގޯތިތެރޭގައި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓަންވާނެ ކަމަށް" ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ފަރާތްތަކުން މިގޮތަށް އަމަލު ނުކުރާކަން މިއޮފީހަށްވަނީ ފާހަނގަކުރެވިފައެވެ.

           ވީމާ، ރަށުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަން ދެމެހެއްޓުމަށްޓަކައި އިސްވެ ބަޔާންކުރެވުނު އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރ 2019/R-987 ގަވާއިދު (މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު) އާއި މި އޮފީހުން ދޫކުރާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކުރަމެވެ. މިއަވަށުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަން އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓޭނީ ހުރިހައި ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށްގެންކަން މިފުރުސަތުގައި ހަނދާންކޮށްދެމެވެ.

14 ޝަޢުބާން 1447

02 ފެބްރުއަރީ 2026

02 ފެބުރުވަރީ 2026