ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: 4350.00 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް.
މަސައްކަތް ކުރަންޖެހޭ ތަން: ރީޖަނަލް ސޭލްސް އޮފީސް / އެސް. ޓީ. އޯ. ޓްރޭޑް ސެންޓަރ
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: 1350.00 ރުފިޔާއާއި 5000.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* ޕްރޮބޭޝަން ހަމަވުމުން، ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.
މަޤާމްމުގެ މަސްއޫލިއްޔަތު:
* ރީޖަނަލް ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން.
* ރީޖަނަލް ފިހާރަތަކުގެ އޮޑިޓްކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
* ރިޕޯޓް ތައްޔާރުކުރުމާއި، ނައްތައިލަންޖެހޭ މުދާތައް ނައްތައިލުމުގެ މަސައްކަތް ކުރުން.
ތަޢުލީމާއި ތަޖުރިބާ:
* ޖީ. ސީ. އީ. އޯލެވެލް، އޭލެވެލް ނުވަތަ ބިޒްނަސް ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން.
* މައިކްރޯސޮޕްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން.
* ކޮމިއުނިކޭޝަންސް ސްކިލް، އެނެލެޓިކަލް ސްކިލް އަދި ކަންކަން ހިންގައި ރޭވުގެ ޤާބިލްކަން ހުރުން.
* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 8 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
- ވެބްސައިޓުގެ އެޑްރެހަކީ، http://www.stomaldives.com/downloads އެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހުން ހޮވުމުގައި، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއަށް ބަލާނެއެވެ. އަދި ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
އެސް. ޓީ. އޯ. ގެ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާލެ.
ފޯން: 3344333، 3344273
18 ޞަފަރު 1437