މަސައްކަތް
ނަންބަރު: RS/IUL/2015/100
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 09 ޑިސެންބަރު 2015 11:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުން

މި ސްކޫލުގައި އިންކްލޫސިވް ސަޕޯޓް ކްލާސް ސެޓަޕެއް ހެދުމަށްޓަކައި ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. 2 ކްލާސްރޫމުގައި ޓައިލްސް ޖެހުން
  2. 2 ކްލާސްރޫމުގައި ކުލަލުން
  3. ބަދިގޭގެ ކަބަޑުސެޓް ޖެހުން
  4. އިންޑިވިޑުއަލް ކޯނަރ ހެދުން

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00އަށް ހާޒިރުވެ އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015